Powered by Blogger.
Saturday, May 19, 2012

ކުލަޔެލޯ ލާދީނީ ބައިގަނޑު މިހާރު މިސްކިތްތަކާއި ދިމާކޮށްލީއެވެ!


(އެވޭލާ : ކިޔުންތެރިއެއް)
މިފަހަރުވެސް އަޅުގަނޑުގެ ގަލަން ހިންގާލަން މިޖެހުނީ ހަމަ މަޑުން ނީނދެވިގެންނެވެ. ﷲ އަޅުގަނޑުމެންނަށް ދެއްވަފައިވާ އެންމެބޮޑު ނިޢުމަތްކަމުގައިވާ އިސްލާމްދީނުގެ މަތިވެރި ނިޢުމަތަށް މިދީބުގައި އެއުޅޭ ކުލަޔެލޯ ލާދީ ބައިގަނޑު އުކަމުންދާ ގާގަނޑުތަކަށް ހަމަ ކެތް ނުކުރެވިގެންނެވެ.

ފުރަތަމަ 30 އަހަރުވެސް ފާއިތުވެ ދިޔައީ ހަމަ މިދީބުގެ ރައްޔތުން ދީނާއި ދުރުކުރުވުމުގެ މަޝްރޫޢުތަކުންނެވެ. އަދި ދެން އެއަށްފަހު އައި މީހާ މާ ކަންތައްބޮޑެވެ. ލާދީނީ ކަމާއިހުރެ ވައްޓާލީމާވެސް އެ ޕުރޮޖެޓްތައް ހަމަ ހުއްޓުމެއްނެތި ކުރިޔަށް ގެންދަނީއެވެ.

އެމެރިކާއަށް ގޮސް އެތަނުން ގޮޑިކޮށްކޮ ހެދިގެން ބުރެއިންވޮޝްކޮށްލައިގެން އައިސް ފެއްޓީ އެމެރިކާގެ ލަނޑުދަނޑިތަށް ޙާޞިލް ކުރެވޭނެ ގޮތަށް މި ދީބު ބައްޓަން ކުރާށެވެ. ފުރަތަމަ ކަމަކީ "ބަނގުރަލަކީ މިދީބުގައި އާއްމުކޮށް ލިބޭ އަދި ވިއްކޭ އެއްޗަކަށް ހަދަން އުޅުމެވެ." އެންމެނަކު ހަމައިގާ ތިބޭކަށް ބޭނުންނުވާނޭ ބުނީ އެހެންވެއެވެ. އަދި ބޯންވާނޭ، ބޮވެންވާނޭވެސް ބުނީ އެހެންވެއެވެ. އަދި ގެކޮޅުން ބަނގުރާ ފުޅިތަށް ފެނުނީވެސް އެހެންވެއެވެ. މިއީ މިދީބަށް އެހެން ދީންތަކުގެ މިނިވަންކަން ގެނެއުމަށްޓަކައި ހިންގާ މަޝްރޫޢުގެ ފުރަތަމަ މަރުޙަލާއެވެ. ސްޓެޕް ބައި ސްޓެޕް އެވެ. ހަމަ އެމެރިކާގެ ސިޔާސަތެވެ. މިދީބުގެ ރައްޔިތުންނަށް ޤަބޫލު ކުރެވޭނީ އެގޮތަށް ގެންދިޔައީމަ ނޫންތޯއެވެ. ހަމަ މަކަރުވެރި ޝައިޠާނާގެ ގޮތެވެ. އޭނާވެސް ފުރަތަމަ އައިސް ﷲ އަށް ކާފަރުވާށެކޭ ނުބުނޭ ނޫންތޯއެވެ. މިމީހުންވެސް ހަމަ އެބީދައިންނެވެ.

ދެވަނައީ "ރާއްޖެއިން ޢަރަބި ތަޢުލީމާއި އިސްލާމީ ތަރުބިއްޔަތު ނައްތާލަން މަސައްކަތް ކުރުމެވެ." ޢަރަބިއްތާގެ މައްސަލަ ހަނދުމަފުޅުވޭތޯއެވެ. އަދި އެންމެފަހުން އަމިއްލަ އަނގައިން ބޭރުވިބަސް ހަނދުމަފުޅުވޭތޯއެވެ! ހަމަހަމަކޮށް އިސްލާމްދީނާއި މާބޮޑަށް ނުގުޅޭގޮތަށް ސުކޫލު މުޤައްރަރު ބަދަލުކުރެއްވި ވާހަކަ ބުނި ނޫންތޯއެވެ.

ތިންވަނައީ "ދުނިޔޭގަ އޮތް އެންމެ ބޮޑު ޓެރަރިސްޓު ގަމުގައިވާ އިޒްރޭލުގެ ފުލައިޓުތަށް މި ދީބުގައި ޖައްސައި އެއަނިޔާވެރިންނަށް މިދީބު ހުޅުވާލަން އުޅުމެވެ." އެތައް އަހަރެއްވަންދެން އިޒުރޭލާއި ކަނޑާލާފައިވާ ގުޅުން ތިމަންނާ އަލުން ގުޅުވީމޭ ބުނި އަޑު އެއްސެވީމު ނޫންތޯއެވެ. މީނަޔަށް ކާންދޭ އެމެރިކާ ރުއްސަންށޯލައެވެ. އަޅުގަނޑުމެންނަކީ ﷲ ގެ އަޅުންނެވެ. ﷲ އަޅުގަނޑުމެންނަށް ރިޒުޤުދެއްވާނެއެވެ. އެމެރިކާ ކާންދިނަސް ނުދިނަސް އަޅުގަނޑުމެން ބިރެއް ނުގަނެއެވެ. އެކަމަކު މީނާގެ ލާދީނީ ކަމުން އެވަރުވެސް ނުވިސްނުނީއެވެ.

ހަތަރުވަނައީ "މޮނިއުމެންޓޭ ކިޔައިގެން ބޮޑެތި ބުދުތަކެއް ރާއްޖެގެނެސް ﷲ އަށް ޝިރުކު ކުރެވޭ މަގެއް ހުޅުވާލަން އުޅެނެވެ." ތިމަންނާއަށް ބުދު ބެހެއްޓިކަންވެސް އެނގުނީ އެތަޅާލިފަހުންނޯލައެވެ. އެކަމަކު ބުދާއެކު ފުޓޯވެސް ނަގާފައި ހުއްޓެވެ. ދޮގު ހެދިޔަސް މީދެން ބޮޑުވަރެވެ.

ފަސްވަނައީ "ޝަރުޢީ ކޯޓްތަކުގެ އަގު ރައްޔިތުންގެ ކުރިމަތީ ވައްޓާލުމެވެ. ޝަރުޢީ ނިޒާމް ހަލާކު ކޮށްލުމަށްޓަކައެވެ." އިސްލާމީ ޝަރީޢަތަށް ބުރަނުވާނެ ޤާނޫނުލާ އުޤޫބާތެއް ޕުރޮފޯސް ކުރީމޭ ބުނީ އެހެންވެއެވެ. މިހާރުވެސް ރާއްގޭގައި ޢަމަލުކުރެވެމުންދާ މަދު އިސްލާމީ ޝަރީޢަތްތަށްވެސް ދުއްވާލުމުގެ ގޮތުންނެވެ.

ހަވަނައީ "އެއްޖިންސުން ގުޅުން ހިންގައި، އެހެންދީންތަކަށް މި ދީބުގައި ފުރުޞަތު އޮންނަންޖެހޭނެ ކަމަށް ބުނެ ބަޔަކު ކުރި މުޒާހަރާއަށް އެއްބާރުލުންދިނުމެވެ." އެމީހުނާ ދެކޮޅަށް ނިކުތް މީހުން ހައްޔަރުކުރުމެވެ.
ހަތްވަނައީ "މިސްކިތްތަކަށް އިސްލާމިކް މިނިސްޓުރީން ބާރު ނުފޯރާގޮތަށް ކައުންސިލްތަކުގެ ދަށަށް ލުމެވެ." މިގޮތުން ދަރުސް ދިނުމަށް ހުއްދައަށް އެދުމުން ހުރަސްއަޅާފައިވެއެވެ.

އަށްވަނައީ "ޝައިޚުންގެ އަގުވައްޓާލައި، ރައްޔިތުންނާއި ޝައްިޚުންނާއި އޮންނަ ގުޅުން ކަނޑުވާލައި، ރައްޔިތުން ދީނާއި ދުރުކުރުމެވެ." މިގޮތުން ރާއްޖޭގެ ބައެއް މަޝްހޫރު ޝައިޚުންނަކީ ސިޔާސީ ބައެއްކަމާއި، އެބޭފުޅުން ދައްކަވާ ވާހަކަފުޅު އަޑު ނޭހުމަށް މި ކުލަޔެލޯ ބައިގަނޑުގެ ފިލްމުސުޓަރ ވަނީ ގޮވާފައެވެ. އަޅުގަނޑު ހަމަ ހައިރާންވަމެވެ. ﷲ ގެ ބަސްފުޅުތަށް ކިޔަވައި އެކަލާނގެ މަގަށް ގޮވާލާ މީހާއާ ދުރަށް ދިއުމަށް ގޮވާލާތީއެވެ. ދެން ދާންވީ މީނަޔާއެކު ފިލްމު ކުޅެންތޯއެވެ.

ނުވަވަނައީ "ޝައިޚުންގެ ދަރުސްތަކަށް ހުރަސް އެޅުމެވެ." އާދެ އެންމެފަހުން ފުރުގާނު މިސްކިތުގައި ދެއްވި ދަރުސްއަށްވަނީ ކުލަޔެލޯ މީހުން ހުރަސްއަޅާފައެވެ.
ރާއްޖޭގެ މުސްލިމު އަޚުންނާއި އުޚުތުން މިކަމާއި ވިސްނައި ފިކުރު ކުރަން އެބަޖެހެއެވެ. މިއީ ވަރަށް ރޭވިގެން ވަރުގަދަ ޕުލޭނަކާއިއެކު ގެންދާ މަޝްރޫޢު އެކެވެ. ބޭނުމަކީ ރާއްޖެއިން އިސްލާމްދީން ފުހެލުމެވެ. އެމެރިކާއާއި އެފަދަ އެހެން އިސްލާމްދީނާއި ދެކޮޅު ޤައުމުތައް ބޭނުންވާ ގޮތަށެވެ. އެފަދައިން މިމީހުން ކަންތައް މިކުރަނީ މިމީހުންގެ ބާރާއި ވެރިކަން ރާއްޖޭގައި އެމީހުންގެ ބާރާއިއެކު ދެމިގެން ދިއުމަށްޓަކައެވެ.

އޭ މުސްލިމު އަޚުންނާއި އުޚުތުންނޭވެ! މިހާރުވަނީ ވިސްނުމެއްނެތި ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރާ އެތަކެއް އަޚުންނަކާއި އުޚުތުންނެއް މިމީހުންގެ މަޅީގައި ޖެހިފައެވެ. ހޭއަރާށެވެ. ވިސްނާށެވެ. މިހާރު ސިޔާސީ ޝައިޚުން ކަމުގައި އެބުނަނީ 5 ވަރަކަށް ޝައިޚުންނޫންތޯއެވެ. ބޭނުމަކީ ރައްޔިތުންނާއި ޝައިޚުންނާއި އޮންނަ ގުޅުން ވަކިކޮށްލުމެވެ. މީސްތަކުން ދީނާއި ދުރުކުރުވުމެވެ. އަދި އެންމެ ފަހުން ހުރިހާ ޝައިޚުން ސިޔާސީ ޝައިޚުންނަށް ވާނެއެއެވެ. ވަކި ޝައިޚެއް ފަރަގުވާކަމުގައި އޭރުން ނުވާނެއެވެ. އެއީ އެމީހުންގެ މަކަރުވެރިކަމެވެ.

ތިޔަ ހީފުޅުކުރައްވަނީ އެމީހުން، ދީނަށް ލޯބިކުރާ ރަސޫލާގެ ސުންނަތަށް ތަބާވާ މީހުންނަށް ހިތްޔޮކުރާނެ ކަމަށްތޯއެވެ. އެމީހުން އެންމެ ބިރުގަންނަ އދި ރުޅިއަރާ ބަޔަކީ ތުނބުޅި ދިގުކޮށް ފައިކުރި ކުރުކޮށް ތިބޭ މީހުންނެވެ. އަދި އެންމެފަހުން ތިޔަ ކުލަޔެލޯގަ އުޅޭ ދީނަށް ލޯބިކުރާ މީހުންނަށްވެސް އެމީހުންގެ ދުއްތުރާތަށް ޖެހޭނެއެވެ.

އެގެންދަނީ ސްޓެޕް ބައި ސްޓެޕް އެވެ. މަޑުމަޑުން މަޑުމަޑުންނެވެ. ރާއްޖޭގެ ރައްޔިތުން ބަދަލުކޮށްލައި ދީނާއި ދުރުކޮށްލުމަށެވެ. މިހާރު އެދިމާކުރީ މިސްކިތްތަކާއެވެ. ﷲ ގެ ގެކޮޅާއެވެ. މަރުޙަލާއަކަށްފަހު މަރުޙަލާއަކަށް އެމީހުންގެ ފިކުރުތަށް ރާއްޖޭގައި އެދަނީ ފަތުރަމުންނެވެ. އެމެރިކާއާއި ކާފަރުންގެ ސިޔާސަތު ހަތިޔާރަކަށް ހަދައި މީސްތަކުން ހައްލައި އިސްލާމްދީން ފުހެލުމަށެވެ. ﷲ އާށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިވާ މީހުން މަތިވެރި އިސްލާމް ދީނުގައި ޘާބިތުވެ ތިބުމަށާއި މިކަހަލަ ލާދީނީ ފިކުރުތަކުން ސަލާމަތްވެ ތިބުމަށް ނަޞޭޙަތްތެރިވަމެވެ. ﷲ އަޅުގަނޑުމެން އެންމެން އެންމެހާ ނުބައި ފިކުރުތަކުން ސަލާމަތް ކުރައްވާށިއެވެ. އާމީން.

0 comments: