Saturday, May 19, 2012
އެނބުރި އައުން...
ހިތުގައި އުފެދޭ ޝުއޫރުތައް ބޭރުނުކޮށް ހުރުމަކީ
އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން މިއަދު ގަލަން މި އުފުލާލަން ޖެހުނީ
މުޖުތަމައުގައި މަތިމައްޗަށް އެތައް ކަމެއް ސީދާ މިސްރާބުން ކަސިޔާރުވެފައިވާތީ
ހިތްދަތިވެގެންނާއި ރުޅިވެސް އައިސްގެންނެވެ. ކޮންމެސް ދިމާލަކުން ފައްޓަމާ
ބަހީއެވެ.
ތިބާ މިލިޔުން ކިޔުމުން މުޖުތަމައަށްވާނީ
ކޮންފައިދާއެއްތޯ ވިސްނާލިންތޯއެވެ؟ ނުވިސްނާކަމުގައިވާނަމަ ކުރިޔަށް ނުދާށެވެ.
އެހެނީ އެއީ މިއަދު މިގައުމުގައި، ދީން ގަނެވިއްކުމަށްޓަކައި ކިޔެވުނު އެންމެ މަތީ
ދަރަޖައަކަށް ކިޔަވައިގެން ތިބި މީހުންގެ ފަތުވާއެވެ. ތުބުޅި ބަހައްޓައިގެން
މުޖުތައަށް ވާނީ ކޮންފައިދާއެއް ހެއްޔޯލައެވެ؟ ބުރުގާ އަޅައިގެން މުޖުތައަށްވާނީ
ކޮންފައިދާއެއް ހެއްޔޭ ކިޔާ މުސްލިމު އެތައް އުޚްތުންނެއްގެ ޢިލްމީ ކުރިމަގު
ހަރާބު ކޮއްލިއިރު، އެނާގެ އަންހެނުންނާއި އަންހެންދަރީން ފޮރުވާފައި ނިވަލުގައި
ބައިތިއްބައިގެން މުޖުތަމައަށް ވާނީ ކޮންފައިދާއެއްބާއެވެ؟ އެހެންޏާފަހެ، އެބުނާ
ބީދައިންނަމަ މުޖުތަމައަށް ފައިދާވާނީ އެންމެން އެންމެ ބަލާހިތްވާ ކަހަލަ ގޮތަކަށް
މަގުމައްޗަށް ނެރެލީމައެއް ނޫންހެއްޔެވެ؟ މިވަރުން ރުޅިގަދަ ވަންޏާ، އަހަރެމެންވެސް
އަހަރެމެންގެ އުޚްތުން އެގޮތަށް ނެރެން ނުރުހޭކަން ހަނދާންކުރާށެވެ. އަދި ކުރާ
ކޮންމެ ކަމަކީ މުޖުތަމައަށް ފައިދާ ކުރާ ކަމަކަށް ވާކަށް ނުވެސް ޖެހެއެވެ.
ދީން ސިކުނޑިން ނެގި މުއުތަޒިލާއިންވެސް އިމާމް
އަހުމަދު ކައިރީ ޤުރުއާނަކީ ޚަލްޤެކޭ ބުނުމަށް އެދުމުން އެކަލޭގެފާނު ވިދާޅުވީ
ޤެރުއާނުން ނުވަތަ ސުންނަތުން ދަލީލެއް ގެނެސްދިނުމަށެވެ. އެމީހުން އެވަގުތު
ބުންޏެވެ. ތިބާ އެދޭތިން ނޫނީ ޤަބޫލު ނުކުރަނީހެއްޔެވެ؟ (އެބަހީ ސިކުނޑިން
ނުވިސްނަނީހެއްޔެވެ؟ އެހެންގޮތަކަށް ބުނާނަމަ ޤުރުއާނާއި ސުންނަތުން ދަލީލު ގެނެސްގެން
މުޖުތަމައަށް ކުރާނީ ކޮންފައިދާއެއްހެއްޔެވެ؟) އެކަލޭގެފާނު ޖަވާބުގައި
ދެންނެވިއެވެ. ޤުރުއާނާއި ސުންނަތުގެ މައްޗަށް ނޫނީ ދީން ބިނާވޭހެއްޔެވެ؟
ތެދެކެވެ. މުއުމިނުންގެ ގޮތަކީ ﷲ އާއި ރަސޫލާ ކަމެއް ގެންނަވައިފިނަމަ އިތުރު
ޖަދަލުކުރުމަކާއި ނުލާ ޤަބޫލު ކުރުމެވެ. މިއީ ކީރިތި ޤުރުއާނުގައި ނައްސު
ކުރެވިގެންވާ ކަންކަމެވެ. މުނާފިގުންގެ ގޮތަކީ މުޖުތަމައަށް ކުރާފައިދާ ހޯދުމެވެ.
ކޮންމެހެން މުޖުތައަށް އެއިންވެސް ފައިދާއެއް ހޯދަދޭކަށެއް ނޫނެވެ. އެކަން ހަމަ
ނުކުރާންވެގެންނެވެ. އެހެންޏާފަހެ ކާފަރުންނާއި މުސްލިމުން ވަކިވާ ލޭބަލަކަށް
އެކަނި ތުބުޅިވީކަމުގައިވިޔަސް އެވެސް ބޮޑުވެގެންވާ ފައިދާއެކެވެ. އެފައިދާ ވާން
ނޭދެނީ ކާފަރުންގެ ތެރޭގައިވެސް އެމީހުން އުޅޭހެން އުޅެން ބޭނުންވާތީ
ކަމުގައިވެދާނެއެވެ.
ދެން އޮތީ ޝައިޚުން ސިޔާސީވާ ވާހަކައެވެ.
އަޖައިބެއްފަހެ ނުވާނެހެއްޔެވެ؟ އެއްޗެއް ނޭންގޭ މީހަކަށް އެއެއްޗަކާ ބެހޭގޮތުން
ވާހަކަ ދެއްކޭ ހެއްޔޭ ކިޔާ ގޮވާއިރު ދީނުގައި އޮތީ ކޯއްޗެއްކަމެއް މިވެރިންނަކަށް
ނޭނގެއެވެ. ވެރިކަމުގެ އަސްލު ބާރު ދަނީ ފަތުވާއަށެވެ. ފަތުވާ ނިމެނީ
ޢިލްމުވެރިންނަށެވެ. މިއީ ސައްހަ ހަދީޘްތަކުން ސާބިތު ވާހަކައެއްކަންވެސް އެނގެނީ
ދީން އެނގޭމީހަކަށްތާއެވެ. ވީމާ ޝައިޚުންނަކީ ބަޔަކު އެއްވެސް މައިދާނެއްގައި
ގޯސްކަމެއް ކުރަންޏާ އެކަމާ ދެކޮޅުވާނޭ ބައެކެވެ. ޕޮލިޓިކްސް އަކި ޑާރޓީ ގޭމް އެކޭ
ބުނާމީހުންނަށް އެ ޑާޓީކޮށް ކުޅެންޏާ ޝައިޚުން އެކަން ބަޔާން ކޮއްދޭން ޖެހޭނެކަން
ނުވިސްނެނީކީ ނޫނެވެ. އެމީހުން އެ ހަމަ ޑާރޓީކޮށް އަބަދު ކުޅުމަށްޓަކައި
ޝައިޚުންގެ އަގު ވައްޓާލަން ޖެހެނީއެވެ.
ހަމަޔަށް ޤުރުއާނުގެ އެންމެ އާޔަތެއްގެ ތަފްސީރު
ނޭނގި އާޔަތްތައްނަގައި ޝައިޚުންނާ ދިމާއަށް ޙުކުމް ޖަހަނީ ބަލަ ނޭނގޭމީހާ އަނގަމަޑުންލައިގެން
އޮންނާށޭ ކަރުން ނާރުލާވަރަށް ބާރުލާފާ އެންމެ ފުރަތަމަވެސް ބުނީ ހަމަ ކަލާއެވެ.
ދޮގެއް ހެދުނީތި ނުވަތަ ގޯހެއް ހެދުނީތީ ޝައިޚުން
މުނާފިގުންނަށް ހަދާ ކާފަރުތިޔަ ކުރަނީ، ތަބާވާމީހުން، ދުވާލު ދެގަޑިއަށް ކާ
ބޭހެއް ހެން ދޮގުހަދާތަން ނުފެންނާތީ ތޯއެވެ؟ ނޫނީ ކޮންމެ އިންސާނަކީވެސް
ކުއްކުރެވޭނެ މީހެއްކަން އައިސްފައިވަ ހަދީޘް ޤަބޫލު ނުކުރާތީހެއްޔެވެ؟
ބުނަންހެއްޔެވެ. ކުއް ހޯދަން އުޅެންޏާ އެންމެންގެވެސް ފެންނާނެއެވެ. އެކަމަކު
އެކަމުގައި ދާއިމުވެ ތިބޭ މީހުނަށްވުރެ ރަނގަޅީ ތައުބާވާމީހުންނެވެ. އެހެނަސް ތިޔަ
އުޅެނީ އަބަދު ދޮގުހަދާ މީހެއްގެ ފަހަތުން ކުރުނީސްކުރަމުންނެވެ. ދޫކޮށް ތިޔަދަނީ
އިސްލާމްދީން ތިބާއަށް އުނގަންނައިދިނުމަށް އައިސްތިބި ޝައިޚުންނެވެ. އެވެސް
ގިނަފަހަރަށް އެމީހުންގެ މައްޗަށް ކުރެވުނު އެންމެ ( ބައެއްފަހަރަށް ދޮގު)
ތުހުމަތެއްގެ ސަބަބުންނެވެ. އިންސާފުގެ ދަތުރުގައި ދަސްވި އިންސާފަކީ
މިއީކަމަށްވާނަމަ މަންޒިލު ނިކަންވެސް ނުބައިކަން ދަންނާށެވެ.
މިވަރުން މިފަހަރަށް ފުއްދާލަމާ ބަހީއެވެ. އެންމެ
އަވަހަށް މި ކީބޯޑުމަތީގައި މި އިނގިލިތައް އަތުރާލެވޭ ދުވަހަކާ ޖެހެންދެން ވަރަށް
ސަލާމެވެ.
0 comments:
Post a Comment
comment moderation is ON