Thursday, March 1, 2012
ހިނދުކޮޅުގައިހުރެ ކިޔޭ ނުކިޔޭ ނޭނގި ބައިކޮޅަށް ގޯލުޖަހަނީ ތޯއެވެ؟؟؟
(ފޮނުވީ: ކިޔުންތެރިއެއް)
ކުޑައިރުވެސް ދީނުގެ އެއްވެސް ކަންފުޅެއް އުނގެނުނިންހެއްޔެ؟ ބަލަގަ އޭ މޮޔައާއެވެ! ބަޔަކަށް ހިދާޔަތު ދައްކަވާ ބަޔަކަށް ވެރިކަން ދެއްވަނީ ޝައިޚް އިލިޔާސް އެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެވަރުވެސް ނޭނގެނީ ދޯއެވެ. އެކަމު ދެރައީ ނޭގޭ ކަންވެސް ނޭގޭތީއެވެ. ލާދީނޭ ކިޔެނީވެސް ހަމަ އެހެންވީމައެވެ. ވާނީވެސް އެހެންތާއެވެ. ޅައިރުއްސުރެ އުޅުނީ ކަސްބީ އަންހެންނުންނާއި އެކު ލަވަ ކުޅެ ފިލްމު ކުޅެންވިއްޔާއެވެ. އެމީހުންނާއެކު ނާޗަރަންގީ ކުޅެންވިއްޔާއެވެ. އަދިވެސް އުޅެވިފަ ހުރި ގޮތާމެދު ﷲ އަށް ބިރުވެތިވެ ތައުބާވާކަށް ނުވޭހެއްޔެވެ. ﷲ އަށް ތައުބާވުމަށް އަހަރެން ތިބާއަށް ގޮވާލަމެވެ.
ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝާ ރަޟީޔަﷲ އަންހާ އާ 9 އަހަރުގައި ކައިވެނި ބައްލަވައިގަތްވާހަކަ ބުނެ މަޖިލިސްގައި އެކަމަށް ޖޯކުޖެހި ހަނދާންވޭ ހެއްޔެވެ؟؟؟ ރާއްޖޭގެ އާއްމު ރަށްރަށުގައި ރާ އާއްމު ކުރަން އުޅުނު އިރުގެ މަތިން ހަނދާންވޭހެއްޔެވެ؟؟؟ އޭރުންނޭ އީމާންވާ މީހުންނާ ނުވާ މީހުންވެސް އިނގޭނީ ބުނި ހަނދާންވޭ ހެއްޔެވެ؟؟؟ އޭގެ މާގިނަ ދުވަސްތަކެއް ނުނަގައެވެ. ރާފުޅިތައް ފެނުނީ ހަމަ އަމިއްލަ މީހާގެ ކާރުގެ ޑިކީ ތެރެއިންނެވެ. ލާދީނޭ ކިޔެނީ މިހެން ވީމައެވެ. އަމިއްލައަށް ބުނި ބުނުން އަމިއްލަ ބޮލަށް ކެނޑުނީއެވެ. ދާދިފަހުން އަނެއްކާ އެފެނުނީ ދަނބިދަރި ބޮއިގެން ދެމިފަ އޮއްވައެއެވެ. މަ ހަމަ ހައިރާންވެއްޖެއެވެ. އޭގެ ފަހުން ނަންވެސް ބަދަލުވީއެވެ. އަހަރެން ދެން ކޮންމެހެން އެނަން ބުނާކަށް ނެތީމެވެ. ނަމަވެސް މި ލިޔުން ކިޔާ މީހަކަށްވިއްޔާ ކަލެޔަކީ ކާކުކަން މިހާރު އިނގޭނެވެ.
ދެން އަނެއްކަންތަކެވެ. އަނިޔާލިބިގެން ބޭރަށް ދިޔަ ދިޔުމެވެ. އެކަމު މިހާރު ކަރުފެލެންވެގެން ސުޓޭޖަށް އެރީއެވެ. މިފަހަރު ހައިރާނެއް ނުވިއެވެ. އެއީ ތިޔަކީ މަޝްހޫރު "އެކްޓަރެއްކަން" އިނގެއެވެ. ކަލޭގެ ބަލި ރަނގަޅުވިލެއް ހާދަހާ އަވަހެވެ. އަހަރެން ފުޓޮޔަކުން ކަލޭ ދެކުނީމެވެ. އާނއެކެވެ. ވަރަށް ޙާލު ދެރައެވެ. އެކަމަކު އަހަރެންނަށް އިނގެނި ކަލޭ ޖެއްސީ އެކްޓު ކަމެވެ. އެއީ ސބަބު ތަކަކާވެސް ހުރެއެވެ. މީހަކު ހުރެއްޖެ ނަމަ ވަރަށް ބަލިކަމަށް ހެދިގެން ވާހަކަދައްކައެވެ. އެހެންނޫނީ އޮންނަނީ ހެވިފައެވެ. އާއްމުކޮށް މީހުންނަށް އަނިޔާވާއިރު ލައިގެން އޮންނަ ގަމީހާ އެއްޗެހިވެސް ފަރުވާ ދޭއިރު ބަދަލު ކުރެއެވެ. އެކަމު ކަލޭ އެޑްމިޓްކޮށްފަ އޮތްއިރުވެސް އޮތީ އެގަމީސް ލައިގެނެވެ. އެއީ ކަލޭގެ އެކްޓު މޮޅުކަމެވެ. އޭރުން ދިވެހި ރައްޔިތުންނަށް އޮޅުވާލެވޭނެ ނޫންހެއްޔެވެ. އެކަމު އަހަރެން ހައިރާންވީ އެހާ ޙާލުބޮޑު ބަލި މީހަކު ތިހާ އަވަހށް ހަޅޭއްލެވޭ ފެންވަރަށް އައީމައެވެ.
ތަންކޮޅެއް އުފާވެއްޖެއެވެ. އަމިއްލަ ކޮޅަށް ހިންދުކޮޅުގަ ހުރެގެންނަމަވެސް ގޯލް ޖައްސަވާތިއެވެ. ޝައިޚް އިލިޔާސްގެ ދަރުސްތަކުން މީހުނަށް ފައިދާކުރާކަން ކަލެއަށްވެސް ވިސްނުނީތީއެވެ. ލާދީނީ ބައިގަނޑޭ ކިޔެނީ ހަމަ މި ސަބަބަށްޓަކައެވެ. ހަމަ ކިޔާނަމެވެ. ކިޔާނަމެވެ. ތި ގޮތް ދޫނުކުރާހާ ހިނދަކު ހަމަ ކިޔާނަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަޞޭޙަތްތެރިވަނީ ﷲ ގެ މަތިން ހަނދުމަކޮށް ޛިކުރު ކުރެެވޭ މަޖިލިސްތަކުގައި އިށީނދެ އޭގެން ފައިދާ ލިބިގަތުމަށެވެ. އެކަމު ކަލޭ ތި ގޮވަނީ ޝައިޠާނާ އޭނަގެ ބައިގަނޑަށް ގޮވާފަދަ ގޮވެލި ތަކެކެވެ. ޝައިޚް އިލިޔާސްގެ ދަރުސްތަކުގައި ނުއިށީނުމަށެވެ. ހަމަޔަޤީނުންވެސް ޝައިޚް އިލިޔާސްގެ ދަރުސްތަކުގައި ކިޔުއްވަނީ ކަލެޔާއި ކަލޭގެ ލާދީނީ ބައިގަންޑު ކިޔާކަހަލަ އެއްޗެއްސެއް ނޫނެވެ. އެފަދަ ދަރުސްތަކުގައި ވަނީ ނަޞޭޙަތުން ފުރިގެންވާ ބަސްތަކާއި ﷲ ގެ މަތިން ޛިކުރު ކުރުމެވެ. ނަވެސް ކަލެ އާއި ކަލޭގެ ބައިގަނޑުގެ ކަމަކީ ހިނދުކޮލުގަ ތިބެގެން ލަވަކިޔާ މަޖާނާ ޑާންސް ކުރުމެވެ. އަދި ފާހިޝްކަމުގައި ހައްދުފަހަނާ ދިއުމެވެ.
ކަލެއަށް ތަބާވާ ކަލޭ ފަދައިން ކުލަޔަށް އަޅުކަން ކުރާ ބަޔަކު، ހުކުރު ދުވަހު މިސްކިތް ދޫކޮށްލާފަ ދިޔަޔަކަސް އަހަރެމެން ދެރައެއް ނުވެއެވެ. އަދި އަޖައިބެއްވެސް ނުވެއެވެ. އެހެނީ އަހަރެމެން އަޅުކަން ކުރަނީކީ ކުލަޔަކަށް އަދި ޝައިޚް އިލިޔާސް އަކަށްވެސް ނޫނެވެ. އަދި އެބޭފުޅާ އެކަހަލަ ކަމަކަށް އަހަރެމެންނަށް ގޮވައެއްވެސް ނުލައެވެ. އެހެންނަމަވެސް ނަޞޭޙަތް ދެއްވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް ތަބާވުމަށެވެ. އަހަރެމެން މިތިބީ އެގޮތުގައެވެ. އިންޝާﷲ އަހަރެމެންނަށް ކަލޭ ތިގޮވާ ގޮވެއްޔަކުން އަސަރެއް ނުކުރާނެއެވެ.
ދަންނާށެވެ. ޢިއްޒަތަކީ ﷲ ދެއްވާ އެއްޗެކެވެ. ތިގޮތަށް މީހުންގެ އަބުރަށް އަރައިގަނެ ބައެއްގެ އަގުވައްޓާލަން އުޅުނަކަސް އެބަޔަކަށް ﷲ ލިޔުއްވާފައިވާ ކަމެއް ނޫނީ މިންވަރެއް ނުކުރައްވާނެއެވެ.
ކަލޭވެސް ޢިއްޒަތާއި ޤަދަރު ބޭނުން ނަމަ، އަދި އުފަލާއި ހިތްހަމަ ޖެހުމުގެ ދާއިމީ ގޮވަތި ބެނުންނަމަ ތިޔަ ހަޅޭއްލެވުމާއި ގޮތްދޫނުކުރުން ދޫކޮށް ﷲ ގެ މަގަށް ރުޖޫޢުވެ ތަޢުބާވާށެވެ.
ވެރިކަމާއި، ޖާހާއި މާލު ބޭނުންވިޔަސް ދެންތީ ބޮޑުވަރެވެ. މާ މޮޅެތި ބަސްތައް ބުނަން އުޅެގެން، މިހާރު ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ބޮނަކުއާ ފުޅިވެސް ހިތްޕަވަންވީ ކަލެއެވެ. އެވެސް ކަމުދާނެ ކަމެއް ނޭނގެއެވެ. ހީވަނީ ކަމުދާނީ އެއަށްވެސް ބަނގުރާފޮދެއް އަޅާފައި ދިނީމާހެންނެވެ.
ﷲ ގެ ކޯފާއަށް ބިރެއް ނުގަނޭހެއްޔެވެ؟ ﷲ ގެ މަގަށް އަވަހަށް ރުޖޫޢަވެ ތައުބާވާށެވެ!
0 comments:
Post a Comment
comment moderation is ON