Monday, February 20, 2012
މަށަށް ކާފަރު ކުރެވޭނެ ނަމަ....
ހަމަ ކާފަރޭ ބުނާ އިރަށް ޑޮޓޭ ނުބުނާށެވެ. ކާފަރުވެސް ކުރެވޭ، އަދި ވާ ހާލަތްތަކެއް ހުންނަކަން ނޭނގޭމީހަކު ނޫނީ އެހެން ނުބުނާނޭކަންވެސް އެނގެއެވެ. ބުނަން ހެއްޔެވެ. އަހަރެން މިހުރީ އިސްލާމް ދީނުގައޭ ބުނުމަކުން އަދި އޭނާގެ އީމާންކަމާ އިސްލާމްކަން ފުރިހަމައެއް ނުވެއެވެ. ކުޑަތާ ގާތްވެސް ނުވެއެވެ. އެކަމަކުވެސް ބައެއް މީހުންނަށް މިވަރުވެސް ނޭނގެނީއެވެ. ބުނަން ހެއްޔެވެ. ވަކި ޕާޓީއެއްގެ ވާހަކަ މިވަގުތު ހަމަ ޒިކުރު ކުރަން ޖެހެނީ އެމީހުންގެ ސުންޕާކަން ހައްދު ފަހަނަ އަޅައި ދާތީއެވެ. އޭގެ ތެރެއިން ބައެއް ކަންކަން ކިޔާލަ ދޭނަމެވެ.
އެންމެ ފުރަތަމަ ވެރިޔަކަށް ހުރެގެން އެ އެން. ޑީ ޕީގެ މިހާރުގެ ރައީސް ގަތްގަނޑު ފުދެއެވެ. "އެންމެނަކު އަބަދަކު ހަމައިގައި ތިބޭކަށް ބޭނުމެއް ނުވާނޭ... ބޯން ޖެހޭނޭ، ބޮވެން ޖެހޭނޭ... ދޮންމީހުން އުޅޭގޮތަށް އުޅެގެން ކާމިޔާބު ލިބޭނޭ" ކިޔައިގެން ދެމި ފަތިވަރު އަޑު ނާހާ މީހަކުވެސް ނުމެ އުޅޭނެއެވެ. އެކަމަކު އެއިން ނުވިސްނުނީ ކޯއްޗެއް ހެއްޔެވެ؟ ނުވިސްނުނީ ދީނުގައި އެކަމަށް އޮތް އަދަބާއި، ކާފަރުންގެ ގޮތަށް ނޫޅުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުންތަކާއި ރަސޫލާގެ ހަދީޘްފުޅުތަކެވެ. ދީނުގެ އަޤީދާ ފުރިހަމަޔަށް ހުރި މީހަކުނަމަ ދީނާ ފުށުއަރާ ކަމެއް، ބަހެއް ޤަބޫލު ނުކުރާނެއެވެ. އަހަރެމެންނަށްވެސް މިވަނީ އެހެނެވެ. ދީނާއި ޚިލާފުވާހަކަ އަކަށްވީމާ ދެކޮޅު ހެދެނީއެވެ.
ދެން ކުރީ މާނުބައިކަމެކެވެ. ކީރިތި ރަސޫލާ އައިޝަތުގެފާނާ އެކަމަނާ 9 އަހަރުފުޅުގައި ކައިވެނި ކުރެއްވީމާ އެކަމަށް މަލާމާތްކުރީއެވެ. ދެން ﷲ ގެ ޙައްދުތަކަށް ގޮންޖަހާ ދެކޮޅު ހެދީއެވެ. މިއީ ސީދާ ކާފަރުވާނޭ ކަންކަމެވެ. އެކަމަކު އެޔަކާވެސް އަޅާލެވުނު މީހަކު މި ރީންދޫ ހުން ޖެހުނު މީހެއްގެ ތެރޭގައި ހަމަ ނެތެވެ.
އެންމެ ފަހުން އެމީހުންގެ އަމިއްލަ އަނގައިން އެމް ޑީ ޕީ އަކީ ދީނެއް ކަމަށް ބުނެވުނީ ވަކި އޮޅިގެނެއް ނޫނެވެ. އެމީހުން ޤަބޫލުކުރަނީ އެހެންނެވެ. އެހެން ނޫންނަމަ: "އަހަރެމެންގެ ގޮތަކީ އެމް ޑީ ޕީ ފިކުރެވެ. އަހަރެމެންގެ ފޮތަކީ އެމް ޑީ ޕީ މެނިފެސްޓޯއެވެ." ނުބުނާނެއެވެ. މިއީ އިސްލާމުން ކިޔާކަހަލަ އެއްޗެއްސެއް ނޫނެވެ. އެހެނީ މުސްލިމުންގެ ގޮތަކީ އިސްލާމްދީނެވެ. ފޮތަކީ ކީރިތި ޤުރުއާންއެވެ. ތަބާވަނީ ކީރިތި ރަސޫލާ (ޞައްލައް ﷲ ޢަލައިހި ވަސައްލަމް) އަށެވެ. މިވަރުން އެމީހުން ކާފަރެއް ނުވޭހެއްޔެވެ؟
އަހަރެމެން ބޭނުންވަނީ އެމް. ޑީ. ޕީގެ މެނިފެސްޓޯ ރާއްޖޭގައި ތަންފީޒުކުރާށޭ، އިސްލާމް ދީނެއް ނޫނޭ ބުނެ ފުއްދާނުލާން، އަދި މަލާމާތްކުރަމުން 9 އަހަރުގައި އަންހެންކުދިން މީހުންނާ ދެވާކަށެއް ނޫނޭ މިބުނަނީ ކާކަށް ފުރައްސާރަ ކުރަން ހެއްޔެވެ؟ ބަލަ އުފެދުނީ އަމިއްލައަށް ހެއްޔެވެ؟ ތިޔަ އުޅެނީ ސައިޒު ހަމަ ރަނގަޅަށްވެސް އޮޅިގެންނެވެ.
ދެން ކާފަރު މިވަރުން ނުވާނެހެއްޔޭބުނާއިރަށް ތިޔައީ ކޮން ކޯޓަކުން ކޮންބަޔަކު ކިހެނެތް ކުރާނެ ޙުކުމެއް ހޭ ކިޔާ އަނގަ ފުޅާ ކުރާނެއެވެ. ބަލަ މިއީ ސްޕްރީމް ކޯޓަށްވުރެ ސްޕްރީމް، އުޑުތަކާއި ބިން ހެއްދެވި ޚާލިޤު 7 އުޑުމަތިން ބާއްވާލެއްވި ޙުކުމުވެ. ކީރިތި ޤުރުއާނެވެ. އެއިން ކިޔަވާބަލާށެވެ. އެފަދަ އަމަލުތައް ކުރާ މީހުންނަކީ މުސްލިމުންތޯ ކާފަރުންތޯ އެނގޭނެއެވެ.
“ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއިި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.” އައްތައުބާ 24
1 comments:
If only they will listen/read such enlightening articles. I am amazed as to why the 'yellow crowd' is following him like puppies in spite of the atrocities he has done!! Oh God, please save us from these unbelievers.
Post a Comment
comment moderation is ON