Powered by Blogger.
Sunday, January 1, 2012

އެއް ފާފަ ކުރުމަކީ އަނެއް ފާފަ ކުރުމަށް އޮތް ދަލީލެއް ނޫނެވެ!!!

މީހުނަށް ރައްދު ދެވޭނީ އެމީހުންގެ އުސޫލުންތާއެވެ. މިފަހަރު ނިކަން ރުޅިއަންނަ ގޮތަކަށް އެއްޗެއް ބުނެލާނަމަވެ.

އަފްރާޝީމުމެން ފަދަ ނުބައި އިލްމުވެރިންނާއި އެކު ކުރާ މުޒާހަރާގައި ބައިވެރިވާ މީހުންނަކީ ގޯސް ބައެއްކަމައް ބުނެ ބޮޑެތި ހިތޯބުތައް ދޭ މީހުން މަހާސިންތާ ތަކުގައި އަފްރާޝީމު މެންނާއިއެކު އެއްކޮއް ބައިވެރިވުމަކީ ކޮންކަހަލަ ކަމެއްބާއެވެ. ތެދެކެވެ. އަނގަ އޮތީތީ އަދިވެސް އުޒުރު ދެއްކިދާނެއެވެ. އެހެނަސް މިކަމާ އެކަމަކާ ތަފާތެއް ނެތެވެ. ވިސްނަން ބޭނުން ނުވާ މީހަކަށް ނުވިސްނޭނެއެވެ.


ދެން ކުފުރު ޑިމޮކްރަސީއެއްގައި ކަންކަމުގައި ބައިވެރިވާ މީހުންނަށް އެއްޗެތިގޮވާ ދީނީ އިލްމުވެރިންގެ އަގު ވައްޓާލަން މަސައްކަތް ކޮއްފަ މިއަދު އެ ކުފުރު ޑިމޮކުރަސީ ތެރެއިން މަހާސިންތާއެއް ބާއްވަން ދައުވަތު ދޭއިރަށްގޮސް އެތަނުގައި ބައިވެރިވީ މިއަދަށް ޑިމްކުރަސީ އިސްލާމް ވީ ހެއްޔެވެ؟ ތިމާއަށް ނޭނގޭ އަދި އެކަމެއްގެ އިލްމު ލިބިފައި ނުވާ ކަންކަމުގެ ވާހަކަ އުސޫލެއް ހަމައެއް ނެތި ދެއްކުމުން ވާގޮތް އެފެންނަނީއެވެ. ދެދުވަހު އެއް ގޮތަކަށް އަމަލެއް ނުކުރެވޭނެއެވެ.


ދެން އަސްލު މައުލޫއަށް ހިނގާށޭވެ. ހަމަ ގޯސް ކަމެއް ސަރުކާރުން ކުރާއިރަށް އެކަމަކަށް އެބަ ހިތްވަރު ދެއެވެ. މީ ދެން ކިހާ ދެރަ ކަމެއް ހެއްޔެވެ! ތަނެއްގަ ބުދު ހުރީތީ ވަކި ބުދުތަކެއް ނަގައިގެން ނުވާނޭ ކިޔާ ބަޔަކު އަޅުކަންކުރާ ބުދުތަކެއް މިތާ ބަހައްޓަން މަސައްކަތް ކޮއްފިއެވެ. ބަލަ ޒިނޭ ކުރާމީހާ ނަމާދު ނުކުރާށޭ ބުނާ ކަހަލައެވެ. 


އަނެއްކޮޅުން މިހާރު އިޒްރޭލު ފްލައިޓުތައް ދިފާއުކޮއްފިއެވެ. ލަދެއްވެސް ނުގަނޭހެއްޔެވެ؟ ތިމާއަށް ޒައިނިސްޓުން އެއީ ކިހާވަރެއްގެ ބައެއްކަންވެސް ނޭންގެނީ ހެއްޔެވެ؟ އެވަރުގެ ނުބައި ނުލަފާ ބައެއް މިބިމަށް ޖައްސަން ބާރު ތިއަޅަނީ ކޮން ބޮޑިވަރެއް ލިބޭތީހެއްޔެވެ؟ ރުޅިވެސް އަންނާނެއެވެ. ބުނަންހެއްޔެވެ! އެމެރިކާ ބޯޓު އަންނާތީ އިޒްރޭލު ބޯޓު ގެންނަން ނޫޅޭށެވެ. އެއް ނުބައިކަމެއް ކުރެވުމަކީ އަނެއް ނުބައިކަމެއް ހުއްދަ ވުމަށް އޮންނަ ދަލީލެއް ނޫންކަން ދަންނާށޭވެ. ނޫނީ އިޒްރޭލު ފްލައިޓް ޖެއްސުންވެސް އެއީ ގޯސްކަމެކޭ ބުނާށެވެ. 

އަދި އިޒްރޭލުގެ މޮސާޑުގެ ނުބައިކަމާއި އެއްޗެހި ޒިކުރު ކުރުމަށްފަހުވެސް އެކަމަށް ރުހޭކަން ދައްކާ މީހާ އަޑުއަހާށެވެ. ތީ އެންމެ ބުއްދި ހަމަ ނުޖެހޭ މީހުންގެ އުސޫލުވެ. އެހާ ނުބައިމީހުންވެސް ތިޔަ އުޅެނީ މި ދީބަށް އަރުވަން ވިއްޔާއެވެ. ދެން ޔަހޫދީ އަންހެނުންނާ ކައިވެނިކޮއްލަ ކޮއްލާ ހުންނާށެވެ. މަހާސިންތާގަވެސް މިބާބަކުން ނުނެއްޓިއެވެ.



0 comments: