Monday, December 19, 2011
އިސްލާމީ ނޫރު ބޮއިކޮޓް ކުރަންވީ ބައެއް މުހިއްމު ސަބަބުތައް:
1. ދީނަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާއަތްތަކަށް އެއްޗެތިކިޔާ އަގުވައްޓާލަން މަސައްކަތްކުރުން. މިއީ މިމީހުން ދުވާލުދާ ހަތަރުދަމު ކުރާ މަސައްކަތް ކަހަލައެވެ. މިޔަށް ވަކި ލިންކެއް ދޭކަށް ނެތީމެވެ. އެ ސައިޓަށް ޒިޔާރަތްކޮއް ކޮންމެ ލިޔުމެއް ހުޅުވާލިޔަސް ކޮންމެސް ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ބެހިފައި އޮންނާނޭ ލިޔުމެއް ފެނުމުގެ ޕްރޮބަބިލިޓީ 50% އަށް ވުރެވެސް ބޮޑެވެ.
2. ދެބައެއްގެ ދެމެދުގައިހުރި ފަރަގުތައް ނަގައި، ފިތުނަ އުފައްދަން މަސައްކަތްކުރުން. އަދި ޒާތީ ކަންކަން ނަގައި އެދެބައިމީހުން ވަކިވޭތޯ މަސައްކަތް ކުރަމުންދާކަމުގެ ހެކި ތިރީގައިމިވާ ލިންކުން ފެނިގެންދާނެއެވެ. ޖަމްޢިއްޔަތުއް ސަލަފުދެކެ މިވަރަށް ރުޅިއަރާ ބަޔަކު ދެން ޖަމްއިއްޔަތުއް ސަލަފުގެ މީހަކު ރަނގަޅުކޮށް އެމީހަކަށް ހަމްދަރުދީވެގެން މިކަހަލަ ވާހަކަ ދައްކާނީ ޖައްސަން ނޫން ކޮންކަމެއް ކުރަންތޯއެވެ؟ އަދި މި ލިޔުމުގެ އެންމެ ފަހު ޖުމުލައަކީ ދޮގެއްކަން އަތުންދެކެ ލޮލުން ހިފައިފައިވާ މީހެއްގެ ހައިސިއްޔަތުން ކަށަވަރުކޮއްދެމެވެ. http://islaameenoor.com/liyun/306
3. ރަނގަޅު ކަންކަން ކުރަން އެހެން މީހުނަށް ހުރަސް އެޅުން. މިކަން އެންމެފަހުން އައްޑޫއަށްގެނައި ބުދުތައް ތަޅާލާން އުޅުމުން މިބައިމީހުންދެއްކި ވާހަކައިން އެނގެއެވެ. މިމީހުންގެ ބޭނުމަކީ އެހެންބަޔަކުވެސް އެކަން ނުކުރުމެވެ. އެހެން ނޫންނަމަ މިމީހުންގޮސް އެންމެ ބުދު ގަނޑެއްނަމަވެސް ވައްޓާލީސްތާއެވެ. ވީމާ މިމީހުން ހެދި ވަޑާމަކީ "އެއްބުދު ހުއްޓަސް ދެންހުރި ހުރިހާއެއްޗަކަށްވެސް ހިމާޔަތްދީ! ބުދުތަކުގެ މެދުގައި އިންސާފު ޤާއިމްކުރޭ!" ކިޔާ ޕްލޭނެއް ހެދީ ކަންނޭގެއެވެ. http://islaameenoor.com/liyun/383
4. ދީނަށް ނަސްރު ލިބޭ ކަންކަމާ އިދިކޮޅަށް ތެދުވެ ފޫގަޅައިގެން ތިބުން. މިކަން އެންމެ ފަހުން ރަލާއި އިދިކޮޅަށް ބޭއްވި މުޒާހަރާއިންވެސް އެނގޭނެއެވެ. މިމުޒާހަރާގެ ސަބަބުން އެކަން އަނބުރާ ގެންދަން ވެސް ވެރިކަމަށްވަނީ މަޖުބޫރުވެފައެވެ. މިކަންވެސް މިމީހުންނަށް ނުވިސްނިގެން އަދި އެ މުޒާހަރާޔާ ދެކޮޅަށްވެސް މަސައްކަތްކުރީއެވެ. އަމިއްލަ އެދުމަށްޓަކައިވެސް މިއީ ބޮޑުވަރެކެވެ. http://islaameenoor.com/liyun/462 (7 ވަނަ ޕޮއިންޓުގައި: މި މުޒާހަރާއިންވެސް ނަތީޖާއެއް ނުނިކުތުން)
5. ދެދުވަހު ދެގޮތައް ވާހަކަ ދެއްކުން. މިކަން އެންމެފަހުން ދި އިސްލާމުގެ އެޑިޓަރު ޕޮލިހުން ހައްޔަރު ކުރި ދުވަހު ވަރަށް ސާފުކޮށް ފެނިގެން ހިގައްޖެއެވެ. އެހެނަސް މިހާރު މީހުން އެވާހަކަ ކިޔާވަރުން އަވަހަށް އެކަން ފޮރުވުމައްޓަކައި އެ އާރޓިކަލްތައް ނަގައި، ނުވެސް ވާކަމެއް ކަމުގައި ހަދައިފިއެވެ. އެހެނަސް ކިޔުންތެރިންނާ އޭގެ ސްކްރީން ޝޮޓެއް ހިއްސާކޮއްލާނަމެވެ.
6. އެހެން ދީނީ ސައިޓުތަކަށް ބަދުބަސް ބުނުން. އަދި އެހެން ސައިޓުތަކަށް ބަދުބަސް ބުނަން ބަލާއިރު އޭގައިވަނީ ބަޔަކު ކުރި ތުހުމަތެއްގެ ވާހަކަ ލިޔުފައެވެ. އަދި ދޮގެއްނަމަވެސްވާ ރަނގަޅެވެ. އެހެނަސް ކެތްނުވެގެން އެ ސައިޓައް ހުތުރުވާނޭހެން ބޮޑު ލިޔުމެއް ލިޔެ ޝާއިއު ކޮއްފިއެވެ. http://www.islaameenoor.com/liyun/417
އަދި މި ބުނިހެން ދި އިސްލާމުގައިވާ އެ ތުހުމަތަކީ ދޮގުނޫންކަން އެމީހުން ބުދު މައްސަލާގައި ހަނުތިބި މުއްދަތު ދިގުކަމުންވެސް އެނގޭނެއެވެ. އެހެނީ ބުދުމައްސަލަ ޖެހިފައިވަނީ މިދިޔަ މަހުގެ (ނޮވެމްބަރު މަހުގެ) މެދަށް އަޅާލި ހިސާބުގައެވެ. http://www.haveeru.com.mv/dhivehi/news/112770 އަދި އޭގެ ފަހުން 16 ނުވަތަ 17 ނޮވެމްބަރުގައި އެބުދުތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލިއެވެ. http://www.haveeru.com.mv/dhivehi/religion/112904 އެހެނަސް މިކަން މަނާކުރަން އެއްޗެއްވެސް ނެރެން އައިއެފްއެމް އަށާއި އިސްލާމީ ނޫރަށް އެނގުނީ އެކަން ކުރާނެ ބަޔަކު ކޮށް ހަދާނެ އެއްޗެއް ހަދައި ނިމުނީމައެވެ. އެއީ ގާތް ގަނޑަކަށް 9 ޑިސެންބަރު ހާ ތާނގައެވެ. (އެއްޗެއް ބުނަން ހުއްދަލިބޭތޯ މަޑުކޮއްލީ ތޯއްޗެކެވެ). http://islaameenoor.com/liyun/445
7. އެހެން ދީނީ ސައިޓުތަކުގެ މީހުނަކީ ފިތުނަ އުފައްދާ މީހުންކަމަށް ބުނުން. މިއީކީވެސް ދޮގެއް ނޫނެވެ. މިކަން މަތީގައި 5 ވަނަ ޕޮއިންޓްގައިވާ ސްކްރީން ޝޮޓުން އެނގިގެނދާނެއެވެ.
މިހިމަނާލީ ބައެއް މުޙިއްމު ކަންކަމެވެ. އަދިވެސް މިފަދަ އެތައްކަމެއް އެބަ ހުއްޓެވެ. މި ބްލޮގުގެ އެހެން ލިޔުންތައް ކިޔާލުމުން އެފަދަ ކަންކަން އެނގިގެން ދާނެއެވެ. ގިނަ ލިންކްތަކެއް އެކުލަވާ ނުލެވުނީ ބުރަކަމުންނެވެ. އެހެނަސް މިއިން އެއްވެސް ލިޔުމެއް ނަގައިފި ކަމުގައިވާނަމަ ކޮމެންޓް ކޮއްލާށެވެ. އޭރުން އޭގެ ސްކްރީންޝޮޓްތައް އަޕްކޮއްލާނަމެވެ. މިހެން މިކަން ކުރަން މިޖެހުނީ ފިތުނަ އުފައްދާ ބައިބައި ކުރުވަމުން ދިޔުމަށް މަސައްކަތްކުރާވަރުން އެފަދަ ކަންކަން ނުކުރުމަށް ބުނެ އެންމެފަހުން އިންޒާރުވެސް ދިނުމަށްފަހު ނުހުއްޓުމުންނެވެ. ދީނީ ޖަމްޢިއްޔާތައް ބައިބައިކޮށް ދީނަށް ލިބޭ ނަސްރުތަކުން މަހްރޫމް ކުރުވަން އުޅޭ ބަޔަކާ ލޮލާއި ބޮލުން އަހަރެން ދެކޮޅު ހަދަމެވެ. އެހެނަސް އަދިވެސް އިސްލާމީ ނޫރު އިސްލާހުވެ ރަނގަޅުމަގަށް އައިސްފި ކަމަށްވާނަމަ މިތަކެތި ނަގާނެކަން އަންގާލަމެވެ.
1 comments:
saabahey.. kaleymennah thikan vaane..
Post a Comment
comment moderation is ON